01 Jul 2013, 16:22
އޭޝިއަން އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސްކަމަށް ގަތަރުގެ ދަހްލާން އަލް ހަމަދު ހޮވިއްޖެ އެވެ. ދަހުލާން މިމަގާމަށް ހޮވާފައިވަނީ މިއަދު އިންޑިއާގެ ޕޫނާގައި ކުރިޔަށްދާ 20 ވަނަ އޭޝިއަން އެތުލެޓިކްސް ކޮންގްރެސްގަ އެވެ.
އޭޝިއަން އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސްކަމަށް ދަހުލާން އާއި އެކު ވާދަކުރީ މިހާރުގެ ރައީސް އިންޑިއާގެ ސްރޭޝް ކަލްމާޑީ އެވެ.
އޭޝީއާގެ 45 ގައުމުން ބައިވެރިވި އެ ކޮންގްރެސްގައި ދަހުލާނަށް 20 ވޯޓް ލިބުނު އިރު ކަލްމާޑީ އަށް ލިބިފައިވަނީ 18 ވޯޓެވެ. އަދި ހަތް ވޯޓްވަނީ ބާތިލްވެފަ އެވެ.
އޭޝިއަން އެތުލެޓިކްސް ކޮންގްރެސްގައި ރާއްޖެ ތަމްސީލް ކުރަނީ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތަލާލް އާއި ޖެނެރަލް ސެކްރެޓެރީ އަހުމަދު މުންތަގިމް އެވެ.