01 Jul 2013, 12:50
ކެފޭއެއް ތެރޭ ހިނގި މާރާމާރީއެއްގައި މީހަކު ޒަޚަމްކޮށްލައިފި އެވެ.
ފުލުހުން ބުނީ އާޓިފިޝަލް ސަރައްހައްދު، ބޮޑުތަކުރުފާނުމަގުގައި ހުންނަ އޮކްސިޖަން ކެފޭ ތެރެއިން އިއްޔެ 5 ޖަހާކަންހާއިރު ހިނގި މާރާމާރީގައި އެކަކުގެ ބުމަ ކައިރިންނާއި އަނގަމަތި ޒަޚަމްކޮށްލާފައިވާ ކަމަށެވެ. އަދި އެ މީހާ އަށް އިއްޔެ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ ދެ މީހެއްގެ ދެމެދުގައި ހިނގި ޒުވާބަކާ ގުޅިގެން ހިންގި އެ މާރާމާރީގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.