01 Jul 2013, 12:26
ނައިބު ރައީސް މުހަންމަދު ވަހީދުއްދީން (ޑީން)ގެ ޕާސްޕޯޓް ހަވާލުވެގެން އެމަނިކުފާނު 2000ރ. އިން ޖޫރިމަނާކޮށްފި އެވެ.
އިމިގްރޭޝަންގެ އިސް އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ އެމަނިކުފާނު 2000ރ. އިން ޖޫރިމަނާކޮށްފައި ވަނީ އިމިގްރޭޝަނަށް ޕާސްޕޯޓް ހުށައެޅުއްވި އިރު އެ ޕާސްޕޯޓް ހަލާކުވެފައި ވާތީ ކަމަށެވެ. އަދި އެކަން ހިނގާފައި ވަނީ މީގެ ދެ މަސް ކުރިން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ނައިބް ރައީސް އާ މެދު ވެސް ކަންތައް ކުރަނީ ހަމަ ހަމަހަމަކޮށް އެގޮތުގެ މަތިން އެމަނިކުފާނު ވެސް ޖޫރިމަނާކުރީ،" އޮފިޝަލް ވިދާޅުވި އެވެ.
ނައިބު ރައީސް ޖޫރިމަނާކުރިކަން މިއަދު އިމިގްރޭޝަނުން ހާމަކޮށްފައިވާ އިރު މީގެ ހަފްތާއެއް ކުރިން އެ މައުލޫމާތު ސަން އަށް ލިބުމުން އިމިގްރޭޝަން އާ ސުވާލުކުރުމުން އެކަން އޭރު ވަނީ ދޮގުކޮށްފަ އެވެ.