ތާޖް އެކްޒޯޓިކާ (އެނބޫދޫފިނޮޅު) ކައިރިން މަރުވެފައި އޮތް އަންހެނެއްގެ ހަށިގަނޑު ފެނިއްޖެ އެވެ.

ފުލުހުން ބުނީ މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިގެން މިއަދު 10:00 ޖެހި އިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި އެމީހަކީ އެ ރިޒޯޓަށް ޗުއްޓީ ހޭދަކުރުމަށް އައިސް އުޅުނު ޗައިނާގެ އަންހެނެއް ކަމަށްވާ އުމުރުން 44 އަހަރުގެ ޗެންޒީ ޖުވާން ކަމަށެވެ.

ޗައިނާގެ އެ އަންހެން މީހާ ފެނިފައިވަނީ އެ ރިސޯޓް ކައިރިން ދަތުރުކޮށްފައި ދިޔަ ކޮކޯ ޕާމް ރިސޯޓްގެ ލޯންޗަކަށް ކަަމަށާއި އޭނާ މޫދަށް ގޮސް އުޅުނީ އެކަނި ކަމަށް މިހާތަނަށް މަައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މަރުވެފައި އޮއްވާ ފެނުނު އެ އަންހެން މީހާގެ ހަށިގަނޑު މިއަދުގެ ވަގުތެއްގައި ވަނީ މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. މި މައްސަލަ ފުލުހުންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.