ބައެއް ރިސޯޓު ތަކުގެ އެދުމުގެ މަތިން މިދިޔަ ބުރާސްފަތި ދުވަހު ފަށަން ހަމަޖެހިފައި އޮތް އިންޓަ ރިސޯޓް ބީޗް ވޮލީބޯޅަ މުބާރާތް ފެށުން ފަސްކޮށްފި އެވެ.

ވޮލީ ބޯޅަ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ހުސައިން މުހައްމަދު މިއަދު ވިދާޅުވީ، މުބާރާތް ފަސްކުރީ ބައެއް ރިސޯޓު ތަކުގެ އެދުމުގެ މަތިން ކަމަށާއި އެހެން ކަމުން ދެން މުބާރާތް ބާއްވާނީ ރޯދަ މަހުގެ ފަހުން ކަމަށެވެ.

ހުސްވި އަހަރު ހެންވޭރު ކޮޅުގައި އޮންނަ އޮންނަ ދޮންގަނޑު ބީޗްވޮލީ ކޯޓުގައި ބޭއްވި މުބާރާތުގައި ވާދަކުރި ފަސް ރިސޯޓަކުންނެވެ. އެރިސޯޓްތަކަކީ އެންމެ ފަހުގެ ޗެމްޕިއަން ސޮނޭވާފުށި ރިސޯޓާއި އެފަހަރުގެ މުބާރާތުން ރަނަރަޕްކަން ހޯދި ބަނޑޮސް އައިލެންޑް ރިސޯޓާއި އެފަހަރުގެ މުބާރާތުން ތިން ވަނަ ހޯދި ވާދޫ ރިސޯޓާއި ހަތަރު ވަނަ ހޯދި ލިލީ ބީޗް ރިސޯޓް އަދި އެފަހަރުގެ މުބާރާތުން ފަސް ވަނަ ހޯދި ކުލަބް މެޑް ކަނި ރިސޯޓެވެ.