29 Jun 2013, 23:16
ނުވަނަވަ ގައުމީ ބާސްކެޓްބޯޅަ ލީގުގެ ފަހު މެޗުގައި ޓީރެކްސް އަތުން ބަލިވި ނަމަވެސް ޕޮއިންޓުގެ ގޮތުން ދެ ކްލަބް އެއްވަރުވެ ފައިދާ ބާސްކެޓްގެ ތަފާތުން ރެޑްލައިން ކްލަބް ލީގު ޗެމްޕިއަންކަން ހޯދައިފި އެވެ.
ރޭ ކުޅުނު މެޗުން ޓީރެކްސް އަތުން ރެޑްލައިން ބަލިވީ 85-76 ޕޮއިންޓުންނެވެ. އަދި ރޭގެ މެޗުން މޮޅުވުމުން ޓީރެކްސްއާއި ރެޑްލައިންއަށްވެސް ލިބިފައިވަނީ ޖުމްލަ 16 ޕޮއިންޓެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޓީރެކްސްގެ އެކަސޮމީ ކްރިސްޓޮފާ އެވެ.
ގައުމީ ބާސްކެޓްބޯޅަ ލީގުގެ މޮޅު ފަސްކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު ޕްލޭމޭކަރަކަށް ހޮވުނީ، ޓީރެކްސްގެ އަހްމަދު ޒަބީރު އެވެ. އެންމެ މޮޅު އޮފެންސިވް ޕްލޭޔަރަކަށް ހޮވުނީ ދިވެހި ސިފައިންގެ ކްލަބްގެ މަމްސިލޯ ލެޓިނޯވިޗް އެވެ. އެންމެ މޮޅު ޑިފެންސިވް ޕްލޭޔަރަކަށް ޓީރެކްސްގެ އެކަސޮމީ ކްރިސްޓޮފާ ހޮވުނުއިރު ލީގުގެ ޓޮޕް ސްކޮރާއަކަށް ހޮވުނީ ހަރިކޭން ބާސްކެޓްބޯލް ކްލަބްގެ މާކޯ ސެމަނޮވިޗް އެވެ.
ގައުމީ ބާސްކެޓްބޯޅަ ލީގުގެ އެންމެ މޮޅުކުޅުންތެރިޔަކަށް ރެޑްލައިންގެ އަހްމަދު އަފްޝަން ރަޝާދު ހޮވިފައިވާއިރު އެންމެ މޮޅު ކޯޗަކަށް ހޮވުނީ އެ ކްލަބްގެ ކޯޗް މާކޯ ޕިޕްލޮވިޗް އެވެ.
އަންނަ އަންގާރަ ދުވަހުގެ ރޭ ފެށުމަށް ހަމަޖެހިފައިވާ 31 ވަނަ އެސްޓީއޯ ގައުމީ ބާސްކެޓް މުބާރާތުގެ ފިރިހެން އެއްވަނަ ޑިވިޝަންގައި ވާދަކުރާނީ، ލީގު ޗެމްޕިއަން ރެޑްލައިން ކްލަބާއި، ރަނަރަޕް ޓީރެކްސް ބާސްކެޓްބޯލް ކްލަބާއި ތިންވަނައަށް ދިޔަ ދިވެހި ސިފައިންގެ ކްލަބްގެ އިތުރުން ލީގުގެ ހަތަރު ވަނައަށް ދިޔަ ހަރިކޭން ބާސްކެޓްބޯލް ކްލަބެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓްގައި ކުޅުމަށް ހަމަހިފައިވާ ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި އަންގާރަ ދުވަހުގެ ރޭ 8:30ގައި ވާދަކުރާނީ، ރެޑްލައިން އާއި ޓީރެކްސް އެވެ.