04 Nov 2010, 08:21
ނަޞްރުގެ ދުވަހާ ގުޅުވައިގެން ބާއްވާ ސިފައިންގެ ފޮޓޯ މަޢުރަޒެއް ލ. ގަމު އިހައްދޫ ސްކޫލުގައި ހުޅުވައިފި އެވެ.
ފޮޓޯ މަޢުރަޒު ހުޅުވައިދެއްވީ މެދު ދެކުނު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރުގެ ނާއިބު މުޙައްމަދު ނަޝީދު އެވެ.
ސިފައިންގެއިން އަހަރަކު ދެ ފަހަރު ބާއްވަމުން އަންނަ މި ފޮޓޯ މަޢުރަޒުގެ ތެރެއިން އިއްޔެ ހުޅުވައިދެއްވި ފޮޓޯ މަޢުރަޒަކީ މި އަހަރުގެ ދެވަނަ މަޢުރަޒެވެ. މި ފޮޓޯ މަޢުރަޒުގައި ނޮވެމްބަރު ތިނެއްގެ ޢުދުވާނީ ޙަމަލާގެ ބައެއް ފޮޓޯތަކާއި ސިފައިން ކުރަމުންދާ އިޖުތިމާޢީ ހަރަކާތްތަކުގެ ބައެއް ފޮޓޯތަކާއި ސިފައިންގެ ތަރައްޤީ އަށް ކުރެވިފައި ހުރި މަސައްކަތްތަކުގެ ފޮޓޯތަކާއި ސިފައިންގެ ތާރީޚީ ފޮޓޯތައް ހުންނާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މި މަޢުރަޒުގައި ޑިސްޕްލޭ ކޮށްފައިވާ ފޮޓޯތަކުގެ އިތުރުން ފޮޓޯ ޕްރެޒެންޓޭޝަންތަކާއި ވީޑިއޯ ޕްރެޒެންޓޭޝަންތައް ވެސް ދައްކާލުން އޮންނާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.