އައްޑޫ ސިޓީގެ ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު ޒަޚަމްކޮށްލައިފިއެވެ.

ފުލުހުން ބުނިގޮތުގައި އެ ހާދިސާގައި އަނިޔާ ލިބިފައިވަނީ ބަނގުލަދޭޝްގެ ރައްޔިތެއްކަމަށްވާ އުމުރުން 26 އަހަރުގެ ފިރިހެނަކަށެވެ.

އެ ހަދިސާ ހިނގާފައި ވަނީ ރޭ 10:50 ހާއިރު ހިތަދޫ ލިންކު ރޯޑުގައިހުރި ރެސްޓޯރެންޓެއްގެ ކުރިމަތީގައި ކަމަށާއި ތޫނު އެއްޗަކުން ދިން އެ ހަމަލާގައި ބިދޭސީ މީހާގެ ބުރަކަށިން ދެތަނެއް ޒަޚަމްވެފައި ވާކަމަށް ފުލުހުން ބުންޏެވެ.

އެ ހަމަލާގައި ޒަޚަމްވި ބިދޭސީ މީހާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު މިއަދު ހެނދުނުގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ބިދޭސީ މީހާއަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.