29 Jun 2013, 14:05
ސްޓެލާ ހޯލްޑިންގްސް ކުންފުނީގެ އޮފީސް ފަޅާލައި އެތަނުން ލެޕްޓޮޕްތަކެއް ވަގަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ އެ އޮފީހަށް ވަދެފައި ވަނީ ރޭ ދަންވަރާއި ފަތިހާ ދޭތެރޭގެ ވަގުތެއްގައި ކަމަށާއި ނަމަވެސް އެކަން ފުލުހުނަށް ރިޕޯޓު ކޮށްފައި ވަނީ މިއަދު ހެނދުނު ކަމަށެވެ.
އެ އޮފީހަށް ވަގަށް ވަދެފައި ވަނީ ވަނީ އެތަނުގެ ކުޑަދޮރެއް ފަޅާލައިގެން ކަމަށް އެ މައްސަލާގައި މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
އެ އޮފީހުން ލެޕްޓޮޕްތަކުގެ އިތުރުން އެނޫން ވެސް ބައެއް ސާމާނު ގެންގޮފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. ފުލުހުން ގެންދަނީ އިތުރަށް އެ މައްސަލަ ތަހްގީގުކުރަމުންނެވެ.