"އެއާލައިން ރިލައިބިލިޓީ ޕާފޯމަންސް އެވޯޑް ފޯ އައުޓް ސުޓޭންޑިން ޑިސްޕެޗް ރިލައިބިލިޓީ 2012"ގެ އޭޝީއާ ބައްރުން އެއް ވަނަ އައިލެންޑް އޭވިއޭޝަން އިން ހިންގާ މޯލްޑިވިއަންއަށް ލިބިއްޖެ އެވެ.

މަތިންދާ ބޯޓްހަދާ ކުންފުންޏެއް ކަމަށްވާ ކެނެޑާގެ ބޮމްބާޑިއާ އިން ދޭ އެ އެވޯޑް އައިލެންޑް އޭވިއޭޝަން އަށް ދީފައި ވަނީ ޖާމަނީގެ މިއުނިކްގައި ބޭއްވި ޔޫރަޕިއަން ރީޖަނަލް ރިވިއު ހަފްލާގަ އެވެ.

އައިލެންޑް އޭވިއޭޝަން އިން ބުނީ އެ އެވޯޑް ދިނުމުގައި ބޮމްބާޑީއެއާ ކުންފުނިން ބަލާފައި ވަނީ މިދިޔަ އަހަރު ޓެކްނިކަލް މައްސަލަތައް ދިމާނުވެ ޑިސްފެޗް ރިލައިބިލިޓީ 99 ޕަސެންޓްގައި ހިފަހައްޓާ އެއާލައިންތަކުގެ ޑިސްފެޗް ރިލައިބިލިޓީ ތަފާސްހިސާބުތަކަށް ކަމަށެވެ.

އައިލެންޑް އޭވިއޭޝަން އިން ބުނީ އޭޝިއާ ސަރަހައްދުން ޑޭޝް8ގެ މަތިންދާ ބޯޓް ދުއްވާ ކުންފުނިތަކުގެ ތެރެއިން އެފަދަ އެވޯޑެއް މޯލްޑިވިއަން އަށް ލިބުމަކީ އެކުންފުނިން ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމެއްކަމަށް އެކުންފުނިން ބުންޏެވެ.