14:30


އިނގިރޭސި ޕްރިމިއަރ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް މިރޭ އާސެނަލް ނުކުންނާނީ ކެޕްޓަން ސެސް ފެބްރިގާޒްއާއެކު ކަމަށް އާސެނަލްގެ ކޯޗް އާސެން ވެންގާ ބުނެފި އެވެ.


އާސެނަލް އެންމެފަހުން ކުޅުނު ދެ މެޗުގައި ވެސް އަނިޔާގެ ސަބަބުން ބެންޗުގައި އިން ފެބްރިގާޒް މުޅިން ފިޓްވެފައިވާ ކަމަށް އެކްލަބުން ބުނެ އެވެ. ވެސްޓް ހޭމް އަތުން މިރޭ އާސެނަލް މޮޅުވެއްޖެނަމަ ވަގުތީ ގޮތުން އެކްލަބަށް ތާވަލުގެ ކުރި ލިބޭނެ އެވެ. މިވަގުތު އާސެނަލް އޮތީ ތާވަލުގެ ކުރީގައި އޮތް މެންޗެސްޓަރ ޔުނައިޓެޑަށްވުރެ ދެ ޕޮއިންޓް ފަހަތުން ތާވަލުގެ ތިންވަނައިގަ އެވެ. ޕްރިމިއަރ ލީގުގައި މިރޭ ކުޅޭ އެހެން މެޗުތަކަށް ބަލާއިރު މެންޗެސްޓަރ ސިޓީ އާއި ފުލަމް ކުޅޭ މެޗު ފާހަގަ ކޮށްލެވެ އެވެ. ސްޕެނިޝް ލަލީގާގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކަށް ބަލާއިރު މަޝްހޫރު ރިއާލް މެޑްރިޑް ނިކުންނާނީ ސްޕޯޓިން ގިޖޯންއާ ދެކޮޅަށެވެ. ލީގުގެ ކުރީގައި ދެމިއޮތުމަށް ގިޖޯން އަތުން ތިން ޕޮއިންޓް ހޯދުން ރިއާލް މެޑްރިޑަށް ވަނީ މަޖުބޫރުވެފަ އެވެ.