މާލޭގައި މީހެއްގެ އަތުން 12،000 ޑޮަލަރު ފޭރިގަނެގެން ފިލަން އުޅުނިކޮށް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގީ މިއަދު ހެނދުނު 9:40 ހާއިރު އަހްމަދިއްޔާ ސްކޫލް ކައިރީ ކަމަށާއި 12،000 ޑޮލަރު ހިފައިގެން ދިޔަ ދިވެހި މީހާގެ އަތުން ފައިސާ ޖަހައިގަނެގެން ފިލަން އުޅުނިކޮށް، 22 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެ ފައިސާތައް ފޭރިގަތްފައި ވަނީ ބިރުދައްކައިގެން ކަމެއް ނުވަތަ ނޫން ކަމެއް ސާފެއްނުވެ އެވެ. ފުލުހުން ބުނީ ފައިސާތައް ފޭރިގަތުމަށްފަހު ފިލަން ދުވި މީހާ ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ ބީޓަކުން ކަމަށެވެ.