26 Jun 2013, 22:59
އަންހެނަކު އެނާގެ ފަސް އަހަރުގެ ދަރިފުޅާ އެކު ކަނޑަށް ފުއްމާލުމުން، އާންމުންގެ މީހަކާއި ފުލުހުންގެ އެހީތެރިކަމާ އެކު ދެމައިން ސަލާތްކޮށްފި އެވެ.
ފުލުހުން ބުނީ މިރޭ 10:04 ހާއިރު ބޮޑުތަކުރުފާނު މަގު ސޯޝަލް ސެންޓަރު ފުރަގަހުން އަންހެނަކު އޭނާގެ ފަސް އަހަރުގެ ދަރިފުޅާ އެކު ކަނޑަށް ފުއްމާލިތަނުން، އެ ސަރަހައްދުގައި ހުރި އާންމުންގެ މީހަކު އެ ދެމައިން ސަލަމާތް ކުރި ކަމަށެވެ. އަދި އެ ދެމައިން ފުލުހުންގެ އެހީތެރިކަމާ އެކު ނެގި އިރު، ކުޑަކުއްޖާގެ ހާލު ރަނގަޅު ކަމަށާއި ނަމަވެސް އަންހެންމީހާގެ ހޭ ނެތްކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިޔަ އިރު އަންހެން މީހާ ވެސް ވަނީ ހޭ އަރާފައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އަންހެންމީހާ އޭނާގެ ދަރިފުޅާއެކު މޫދަށް ފުންމާލީ "ސުއިސައިޑް"ވާން ކަން ނުވަތަ ކޮން ބޭނުމަކު ކަން ނޭނގޭ ކަމަށެވެ.
ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.