26 Jun 2013, 21:39
ފަނޑިޔާރެއްގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ވީޑިއޯ ވިއްކަން އުޅެނިކޮށް ހައުސިން މިނިސްޓްރީގެ އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓް އެޑްވައިޒަރު އަހުމަދު ފާއިޒް ފުލުހުން ރޭ ހައްޔަރުކޮށްފި އެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ބޭނުންކޮށްގެން ބްލެކްމެއިލް ކުރަމުންދަނިކޮށެވެ. އޭނާ ހައްޔަރު ކުރިއިރު، ބްލެކްމެއިލް ކޮށްގެން އޭނާ ހޯދާފައިވާ ބައެއް ފައިސާ އާއި ފަނޑިޔާރުގެ ބަރަހަނާ ވީޑިއޯ ވެސް ފުލުހުން ވަނީ އަތުލައިގެންފަ އެވެ.
ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ތަހުގީގު ހިންގުމަށް، ފާއިޒުގެ ބަންދަށް ކްރިިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިދީފަ އެވެ.
ކްރިމިނަލް ކޯޓުން ބުނީ ފާއިޒްގެ ބަންދުގެ މުއްދަތުގެ ޝަރީއަތުގައި އޭނާގެ މައްޗަށް ފުލުހުން ތުހުމަތު ކުރީ އޮރިޔާން މަންޒަރު ދައްކުވައިދޭ ވީޑިއޯ ބޭނުންކޮށްގެން ބިރުދައްކައި ގިނަ އަދަދެއްގެ ފައިސާ އަތުލަން އުޅުމުގެ ތުހުމަތެވެ.
ފާއިޒަކީ އެމްއެންބީސީގެ މެނޭޖިން ޑިރެކްޓަރުކަމާއި އެމްޕީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމު ވެސް ކުރިން އަދާކުރައްވާފައިވާ މީހެކެވެ.