26 Jun 2013, 20:31
ގައުމީ ޕިސްޓަން މޮޓޯ ރޭސިން ޗެލެންޖް މިއަދު ހަވީރު ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އާއި މޯލްޑިވްސް މޮޓޯ ރޭސް އެސޯސިއޭޝަންއާއި ގުޅިގެން އަންނަ މަހުގެ 5 އަދި 6 ވަނަ ދުވަހު ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ "ފިސްޓަން މޮޓޯ ރޭސިން ޗެލެންޖް" ރަސްމީކޮށް މިއަދު ލޯންޗްކޮށްދެއްވީ މިނިސްޓާ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް ރިޓަޔާޑް މުހަައްމަދު ނާޒިމެވެ.
ހެންވޭރު ރާޅުގަނޑު ސަރަހައްދުގައި މިއަދު ބޭއްވި ރަސްމިއްޔާތަށްފަހު ރޭހުގައި ބައިވެރިވާ ޓީމްތަކުން ސައިކަލް ސްޓަންޓް އިވެންޓެއް ވެސް ވަނީ ބާއްވައިފަ އެވެ. އަދި މޮޓޯ ރޭސިން ޗެލެންޖް ސްޕޮންސަކޮށްފައިވާ ފަރާތްތަކާއެކު ސޮއި ވެސް ކުރި އެވެ.
ގައުމީ ޕިސްޓަން މޮޓޯ ރޭސިން ޗެލެންޖުގެ މެއިން ސްޕޮންސާއަކީ އެސްޓީއޯ އެވެ. އެ ކުންފުނީގެ ފަރާތުން މުބާރާތް ސްޕޮންސާކޮށްފައި ވަނީ މަކީޓާ އަދި ނިޕޮން ޕެއިންޓެވެ. ކޮމިއުނިކޭޝަން ޕާޓްނަރަކަށް ވަތަނިއްޔާ ހަމަޖައްސާފައިވާއިރު މީޑިއާ ޕާޓްނަރަކީ ދިޓީވީ އެވެ.
ހުޅުމާލޭގައި މުބާރާތް ހުޅުވާ ދުވަހު ކުޑަކުދިންނަށް ހާއްސަކޮށްގެން ބައިސިކަލް ރޭހެއް ކުރިއަށް ގެންދިއުމުގެ އިތުރުން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ހަވާއެރުން ހަރަކާތްތައް ކުރިއަށް ގެންދިއުމަށް މޮޓޯ ރޭސިން އެސޯސިއޭޝަނުން ވަނީ ނިންމައިފަ އެވެ.