26 Jun 2013, 20:20
ނުވަ ވަނަ ގައުމީ ބާސްކެޓްބޯލް ލީގުގެ ފުރަތަމަ ޑިވިޝަން ދެ ވަނަ ބުރުގެ ފިރިހެނުންގެ ބައިގައި މިއަދު ހަވީރު ކުޅުނުު މެޗް ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) އިން ކާމިޔާބު ކޮށްފި އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މެޗް ސިފައިންގެ ކުލަބުން ކާމިޔާބު ކުރީ ޓީރެކްސް ބާސްކެޓް ބޯލް ކުލަބާއި ވާދަކޮށް 87 ޕޮއިންޓު 84 ޕޮއިންޓުންނެވެ.
މިއަދު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ސިފައިންގެ ކުލަބުގެ ބިދޭސީ ކުޅުންތެރިޔާ މާސިލޯ ލަޓިނޮވިކް އެވެ. އޭނާ ވަނީ މިއަދުގެ މެޗުގައި ސިފައިންގެ ޓީމަށް 42 ޕޮއިންޓު ކާމިޔާބު ކޮށްދީފައެވެ.
މުބާރާތުގައި މިރޭ 8:30 ގައި ބައްދަލުކުރާނީ ރެޑްލައިން ކުލަބާއި ދަ ބައުސް އެވެ.
ލީގުގެ ދެ ވަނަ ބުރުގައި ވާދަކުރަނީ ފަސް ޓީމެވެ. އެ ފަސް ޓީމަކީ ޓީރެކްސް ބާސްކެޓްބޯލް ކުލަބާއި ރެޑްލައިން ކުލަބާއި ކުލަބް ދިވެހި ސިފައިންގެ ކުލަބާއި ހަރިކޭން ބީސީ އަދި ދަ ބައުސް އެވެ.