26 Jun 2013, 14:49
ސިފައިންގެ މީހެއްގެ ގަޔަށް ވަޅި ހެރި މައްސަލައެއްގައި ދެ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މައްސަލައެއް ފޮނުވައިފި އެވެ.
މިއަހަރުގެ މާޗު 30 ވަނަ ދުވަހުގެ ރޭ 10:26 ހާއިރު ލޮނުޒިޔާރަތްމަގުގައި ހުންނަ ގޯޅިގަނޑެއްގެ ތެރޭގައި ހުރި ސިފައިންގެ މީހެއްގެ ގައިގާ ތަޅާ މާރާމާރީ ހިންގައި އޭނާގެ ގަޔަށް ވަޅި ޖެހައި ޒަޚަމުކޮށްލި މައްސަލާގައި ދައުވާ ކުރަން ފޮނުވާފައިވާ ދެ ޒުވާނެއްގެ މައްޗަށެވެ. އެއީ މއ. ލެއްގި ޣާނިމް ޢަބްދުލްޣަފޫރު 20، އާއި ލ. އިސްދޫ، ޖަނަވަރީމާގެ، ރާމިޒު ޢަލީ 23ގެ މައްޗަށެވެ.
އެ މައްސަލައިގެ ތަހުގީގު ނިންމައި ދަޢުވާކުރުމަށް ޕީޖީ އޮފީހަށް މައްސަލަ ފޮނުވީ މި މަހުގެ 17 ވަނަ ދުވަހު އެވެ.