03 Nov 2010, 10:53
އަހަރަކު ދެފަހަރު ނެރޭގޮތަށް މޯލްޑިވިއަންގެ ފުލައިޓުތަކުގައި ބޭނުންކުރުމަށް "ވަރަ" މިނަމުގައ ފުރަތަމަ ފަހަރަށް މަޖައްލާއެއް މޯލްޑިވިއަނުން ތަޢަރަފްކޮށްފިއެވެ.
މި މަޖައްލާގެ ނަމެއްގެ ގޮތުގައި "ވަރަ" މިނަން ހަމަޖެއްސީ މޯލްޑިވިއަންއަކީ ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދޭ ކުންފުންޔެއް ކަމަށްވެފައި މިފަދަ މަޖައްލާ އަކަށް އެންމެ އެކަށޭނަ އެއް ނަން ކަމުގައި ވާތީ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ބަންދު އިބްރާހިމް ސަލީމ މަޖައްލާގެ ތަޢަރަފް ގައި ލިޔުއްވާފައިވެ އެވެ.
"ބިޔޯންޑް ގުރޫޕް އޮފް ކޮންޕެނީޒްގެ" ފަރާތުން އެކުލަވާލައި ތައްޔާރު ކުރި މި މަޖައްލާ މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައވަނީ ދިވެހިންގެ އާދަކާދަ އާއި ސަގާފަތާއި ދިރިއުޅުގެ ވައްޓފާޅީގެ މައްޗަށެވެ. އިނގިރޭސި ބަހާއި އަދި ދިވެހި ބަހުގެ ލިޔުންތައް ހިމެނޭގޮތަށް ނެރެވޭ މި މަޖައްލާގައި ދިވެހި ރާއްޖޭގެ ފަތުރު ވެރިކަމާއި މޯލްޑިވިއަންގެ ފުލައިޓްތައް އުދުހެމުންދާ ބައެއް މަންޒިލް ތަކާއި ގުޅޭ މައުލޫމާތުވެސް ހިމެނިގެންވެ އެވެ.
ވަރަ މަޖައްލާގެ ލިޔުންތެރިންގެ ގޮތުގައި ރާއްޖެއާއި ރާއްޖޭން ބޭރުން ފާހަގަ ކޮށްލެވޭ މަސްހޫެރު ލިޔުންތެރިން ހިމެނެއެވެ. އޭގެ ތެރޭގައި ރައީސް މައުމޫނުގެ ހަޔާތް ޕުޅުގެ މައްޗަށް " އެ މޭން ފޯ އޯލް އައިލެންޑްސް" ނަމުގައި ބަޔޮގްރަފީއެއް ލިޔުއްވެވި މަޝްހޫރު ލިޔުންތެރިޔާ ރޮއިސްޓަން އެލިސް ހިމެނެ އެވެ. އަދި ދިވެހި ޕޮޓޯ ގުރާފަރުންނާއި ބޭރުގެ ފޮޓޯގުރާފަރުންގެ ފޮޓޯތައް މި މަޖައްލާގައި ހިމަނާފައިވެ އެވެ.