މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ކުރިއަށްދާ ތިން ވަނަ އިންޓަ އޮފީސް ކެރަމް މުބާރާތުގެ އޯޕަން ސިންގަލްސް އިވެންޓުގެ ސެމީ ފައިނަލުން ކުޅުންތެރިން ޖާގަ ކަށަވަރުކޮށްފި އެވެ.

ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުން އެމްޕީއެލް ގެ ސާލިމް އަދުނާން ބަލިކޮށް އެމްބީސީގެ އިސްމާއިިލް އަޒުމީނެވެ. ސެމީ ފައިނަލްގެ ދެވަނަ ޖާގަ ކަށަވަރުކުރީ ކުއާޓާ ފައިނަލްގެ ދެވަނަަ މެޗުން އެމްއެންޑީއެފް ގެ އިސްމާއީިލް ސަލީމް ބަލިކޮށް ބީއެމްއެލްގެ އަހްމަދު ޝަރީފެވެ. ސެމީ ފައިނަލްގެ ތިންވަނަ ޖާގަ ކަށަވަރުކުރީ ކުއާޓާ ފައިނަލްގެ ތިން މެޗުން އެމްއޭސީއެލްގެ ގެ ހުސެއިން ނާޒިމް ބަލިކޮށް އެމްބީސީގެ އަބްދުﷲ ލަބީދެވެ. ސެމީ ފައިނަލްގެ ފަހުޖާގަ ކަށަވަރުކުރީ ކުއާޓާ ފައިނަލްގެ ހަތަރުވަނަ މެޗުން އެސްޓީއޯ ގެ އަބްދުﷲ ޝަބީން ބަލިކޮށް ކަސްޓަމްސްގެ އިބްރާހިމް ރަޒީފެވެ.

އޯޕަން ސިންގަލްސް އިވެންޓުގެ ސެމީ ފައިނަލް މެޗުތައް މިރޭ ކުޅުމަށް ހަމަޖެހިފައިވާ އިރު މިރޭ ފިރިހެން އަދި އަންހެން ސިންގަލްސް އިވެންޓުގެ ކުޅުން ފެށުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ފިރިހެން ޑަބަލްސް އަދި އަންހެން ޑަބަލްސް އިވެންޓުގެ މެޗުތަށް 28 ޖޫން ގައި ފަށްޓާއިރު އެންމެ ފޯރިގަދަ އިވެންޓު ކަމުގައިވާ ޓީމް އިވެންޓުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ 29 ޖޫން ގައެވެ.

މިމުބާރާތުގެ އޯޕަން ސިންގަލްސް އާއި ފިރިހެން ޑަބަލްސް އަދި އަންހެން ޑަބަލްސް އިވެންޓުގެ ފައިނަލް މެޗުތަށް ކުޅުމަށް ހަމަޖެހިފައިވަނީ 30 ޖޫން ގައެވެ. ފިރިހެން ސިންގަލްސް އަދި އަންހެން ސިންގަލްސް އިވެންޓުގެ ފައިނަލް މެޗުތަށް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ.

އާދީއްތަ ދުވަހުން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ގަލޮޅު ދަނޑުގައި ހުންނަ ކެރަމް ހޯލުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޖުމްލަ 139 ކުޅުންތެރިއަކާއި 19 ޓީމެއް 14 އޮފީހަކުން ބައިވެރިވެފައިވެ އެވެ.