މިހާރު ކުރިއަށްދާ 33 ވަނަ ގައުމީ އަންހެން ބާސްކެޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު މެޗް ޓީރެކްސް ބާސްކެޓް ބޯލް ކުލަބުން ކާމިޔާބު ކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗް ޓީރެކްސް އިން ކާމިޔާބު ކުރީ ޓީރެކްސް އެކަޑަމީއާ ބައްދަލުކޮށް 59 ޕޮއިންޓް 50 ޕޮއިންޓުންނެވެ.

ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޓީރެކްސް އަށް 20 ޕޮއިންޓު ހޯދަދިން ނަޝްފާ އާމިރާއެވެ.

ޖުމްލަ ތިން ޓީމް ވާދަކުރާ މިމުބާރާތުގައި މާދަމާ ރޭ 8:30 ގައި ބައްދަލު ކުރާ ދެ ޓީމަކީ ޓީރެކްސް އެކަޑަމީ އާއި ދިވެހި ސިފައިންގެ ކުލަބެވެ.

އެމްބީއޭއިން ބުނީ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މުބާރާތުގައި ވާދަކުރާ ތިން ޓީމުގެ މެދުގައި ދެ ބުރު ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށް ހޮވޭގޮތަށް ކަމަށެވެ.