ރާއްޖެ އިން ބޭރާއި އެތެރޭގައި ކިޔަވަމުން އަންނަ ދިވެހި ދަރިވަރުންނަށް ދޫކުރާ ލޯނަށް ޝަރުތު ހަމަވި ކުދިންގެ ނަންތައް އިއުލާންކޮށްފި އެވެ.

އެ ކުދިންގެ ނަންތައް ވަނީ ޑިޕާޓްމަންޓް އޮފް ހަޔާ އެޑިޔުކޭޝަންގެ ވެބްސައިޓްގައި އާންމުކޮށްފަ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނަށް ދޫކުރާ ލޯނަށް އެދި 345 ކުދިން ކުރިމަތިލި ކަމަށާއި އޭގެ ތެރެއިން ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ކިޔެވުމަށް 327 ކުދިންގެ ޝަރުތު ހަމަވި ކަމަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މިހާރު ނެޝަނަލް ސްޓޫޑަންޓް ލޯން ސްކީމްގެ ދަށުން ރާއްޖެ އިން ބޭރުގައި ޑިގްރީ އަށް ކިޔެވުމަށް 103 ކުއްޖަކު ޝަރުތު ހަމަވި ކަމަށެވެ. އަދި ރާއްޖެ އިން ބޭރުން މާސްޓާސް އަށް ކިޔެވުމަށް ނު ވަ ދަރިވަރަކު ލޯން ސްކީމަށް ޝަރުތު ހަމަވެފައިވެ އެވެ.

އެ ސްކީމުން ރާއްޖޭގައި ޑިގްރީ ހެދުމަށް ލޯނަށް ޝަރުތު ހަމަވެފައި ވަނީ 179 ދަރިވަރުންނެވެ.

ރާއްޖޭގައި މާސްޓާސް އަށް ކިޔެވުމަށް 19 ކުއްޖަކަށް ލޯނަށް ޝަރުތު ހަމަވި އިރު، ޑިޕޮލަމާ ހެދުމަށް 26 ކުއްޖަކަށް ލޯން ލިބެ އެވެ.

މިއީ މަތީ ތައުލީމް ހާސިލް ކުރުމަށް ދޫކުރާ ލޯން ސްކީމެކެވެ. އެ ސްކީމްގެ ދަށުން 68 މިލިއަން ރުފިޔާ ހަރަދުކުރުމަށް ނިންމާފައިވެ އެވެ.