ދިވެހި ސިފައިންގެ ތެރޭގައި މީގެ އަހަރުތަކެއް ކުރިން އުފެދިގެން އައިސްފައިވާ ސިފައިންގެ މިއުޒިކް ބޭންޑްގެ "ކޮޕްސް" ބޭންޑްގެ ނަން "ކައިނެޓިކް އޮޕަރޭޝަންސް" (ކޮޕްސް) އަށް ބަދަލުކޮށްފި އެވެ.

ކަޅުތުއްކަލާ ކޮށީގައި ރޭ ބޭއްވި އެމްއެންޑީއެފް މިއުޒިކް ފެސްޓިވަލްގައި ސިފައިންގެ މިއުޒިކް ބޭންޑް ކޮޕްސް ބޭންޑްގެ ނަމަށް މިބަދަލު އައި ނަމަވެސް އަދި ވެސް އެ ބޭންޑަށް ކުރުކޮށް ކިޔާ ނަމަކީ ކޮޕްސް އެވެ.

އެމްއެންޑީއެފުން ބުނީ "ކައިނެޓިކް އޮޕަރޭޝަން" މިނަމުން ދޭހަކޮށްދެނީ ސިފައިންގެ ތެރޭގައި ކުރިއަށް ގެންދާ އެކިއެކި އޮޕަރޭޝަންތަކާއި ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ސިފައިނަނަށް އެއްވާނެއްގައި މަސައްކަތް ކުރުމުގެ ހިތްވަރާއި ހަކަތަ މިއުޒިކް ދިނުން ކަމަށެވެ.

އެމްއެންޑީއެފުން ރޭ ބޭއްވި މިއުޒިކް ފެސްޓިވަލްގައި ސިފައިންގެ ބްރާސް ބޭންޑްގެ އިތުރުން ކޮޕްސް ބޭންޑާއި ސިފައިނާއި ފުލުހުންގެ އިތުރުން ރާއްޖޭގެ މައްސޫރު ބައެއް މިއުޒިކީ ފަންނާނުންގެ ހުށަހެޅުންތައް ވަނީ ދައްކާލައިފަ އެވެ. އޭގެތެރޭގައި މަޝްހޫރު ލަވަކިޔުންތެރިޔާ މާއިން ރަޝީދާއި ފަސީ އާއި އުމަރު ޒާހިރާއި އަދި ސިފާ ތައުފީގާއި ހިމެނެ އެވެ.

މީގެއިތުރުން އެމްއެންޑީއެފްގެ ޔުނިޓްތަކުގެ މެދުގައި ބޭއްވި ބޮޑު މުބާރާތުގެ ޗެންޕިއަންސް ކޯސްޓްގާޑުގެ ބެރުގެ ގްރޫޕްގެ ހުށަހެޅުންތައް ވެސް ދައްކުވައިދިނެވެ.

ރޭ ބޭއްވި އެ ފެސްޓިވަލްގައި ކޮޕްސް ބޭންޑާބެހޭ ހާއްސަ ޕްރެޒެންޓޭޝަނެއް ވެސް ވަނީ ހުށަހަޅައިދީފަ އެވެ.

ސިފައިންގެ ތެރޭގައި މިއުޒިކް ކުރި އެރުވުމުގެ މަސައްކަތް ފެށިގެން ދިޔައީ 1940 ގެ އަހަރުތަކުން ފެށިގެން ވަނީ ފެށިފަ އެވެ. އޭރު ސިފައިންގެ މިއުޒިކް ގްރޫޕްގެ ނަމުގައި ސިފައިންގެ ތެރެއިން ބޭފުޅުން ކޮޅެއް މިއުޒިކްގެ ހަރަކާތްތައް ފެށިގެން ދިޔަ އެވެ. އެއަށްފަހު ސިފައިންގެ ތެރެއަށް މިއުޒިކަށް ޝައުގުވެރިވާ ޒުވާނުން އިތުރުވެގެން އައިސް ކޮޕްސް ބޭންޑްގެ އުފެދުނުވެ. ސިފައިންގެ މިއުޒިކް ބޭންޑަށް ކޮޕްސް ބޭންޑްގެ ނަން ދެވިފައިވަނީ 1990 ވަނަ އަހަރު ބޭއްވި "ޓޫރިޒަމް ޝޯ" އަކަށް ފަހު އެވެ.

އެ ބޭންޑް ކުރިއަރުވާ ސިފައިންގެ ތެރޭގައި މިއުޒިކަށް ޝައުގު އިތުރު ކުރުވުމުގެ ގޮތުން މައްސޫރު އެކިއެކި ލަވަކިޔުންތެރިން ސިފައިންގެ މިއުޒިކް ބޭންޑާއި ގުޅުވުމަށް ސިފައިންގެ ތެރެއަށް އެކި ފަހަރު މަތިން ވައްދަމުން ވަނީ ގޮސްފަ އެވެ. އެ ގޮތުން ސިފައިންގެ ކޮޕްސް ބޭންޑްގެ ތެރެއިން އުފެދިގެން އައި މައްޝޫރު ގިނަ ލަވަކިޔުންތެރިންތަކެއް މިހާރު އެބަ ތިއްބެވެ.

ރޭ ބޭއްވި އެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު އަހުމަދު ޝިޔާމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.