24 Jun 2013, 19:06
މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު ދިރާގު ދިވެހި ލީގުގެ މެޗުގައި ވީބީ އައްޑޫ އެފްސީއަތުން 1-2 ލަނޑުން މޮޅުވެ ކްލަބް ވެލެންސިޔާ ތާވަލުގެ ތިން ވަނައިގައި ހަމަޖެހި ލައިފި އެވެ.
ލީގު ތާވަލުގެ ފުލުގައި 9 ޕޮއިންޓާއެކު ރެލިގޭޝަން، ކަށަވަރު ވެފައި އޮތް ވީބީ އަތުން މިއަދު މޮޅުވުމުން ޒުވާން ކުޅުންތެރިން ތަކެއް ގޮވައިގެން ނުކުތް ވެލެންސިޔާ، ތާވަލްގެ ތިންވަނައިގައި އޮތީ 21 ޕޮއިންޓާ އެކު އެވެ.
ލީގުގެ ދެޗވަނަ ބުރުގައި މި ދެޓީމުވެސް ކުޅެންޖެހޭ ފަހު މެޗުގައި ވެލެންސިޔާއަށް މެޗުގެ 32 ވަނަ މިނިޓުގައި ކުރި ހޯދައިދިނީ، ނިއުރޭޑިއަންޓުން އެ ކްލަބާ ގުޅުނު ޒުވާން މިޑްފީލްޑަރު މުއާން މޫސާމަނިކު ތަނަވަސް ކޮށްދިން ފުރުސަތަކުން، ނިއުގެ ކުރީގެ ޒުވާން ފޯވަޑް ޝަހީމް އަބްދުލް ގާދިރު އެވެ. އެހެން ނަމަވެސް ވީބީއަށް މެޗުގައި އުއްމީދު އާކޮށްދިނީ، 83 ވަނަ މިނިޓުގައި އެ ކްލަބްގެ އިސްމާއީލް މަމްދޫހު ތަނަވަސްކޮށްދިން ފުރުސަތަކުން، ވިކްޓާ ބްރެނިމިރޯފް އެވެ.
ވެލެންސިޔާއަށް ދެވަނަ ފަހަރަށް މެޗުގެ ކުރި ހޯދައިދިނީ، 86 ވަނަ މިނިޓުގައި އިބްރާހީމް ހަމްދާން ވީބީގެ ގޯލަށް ފޮނުވާލި ބާރު ހަމަލާއެއް ކީޕަރުގެ އަތުގައި ޖެހިފައި ބޭރަށް ނުކުތް ވަގުތު، ވެލެންސިޔާގެ ޑިފެންޑަރު ޒަމަތު މުހައްމަދު ވަހީދު އެވެ.
މިރޭ 9:00ގައި ފެށުމަށް ހަމަޖެހިފައިވާ، ދިރާގު ދިވެހި ލީގުގެ ދެވަނަ ބުރުގެ ފަހު މެޗުގައި ވާދަކުރާނީ، ތާވަލުގެ ހަތަރު ވަނައިގައި އޮތް ބީޖީ ސްޕޯޓްސްއާއި ހަތް ވަނައިގައި އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބެވެ.