ސްވިސްގެ މަޝްހޫރު "ސްމާޓީ" ބްރޭންޑުގެ އަވި އައިނު ރީފްސައިޑުން މިއަދު ރާއްޖޭގެ ބާޒާރަށް ރަސްމީކޮށް ތައާރަފް ކޮށްފި އެވެ.

ރީފްސައިޑްގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސްމާޓީ ބްރޭންޑްގެ އަވިއައިނު ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށް ދެއްވީ، އިންޑޮނޭޝިޔާ، ދިވެހިރާއްޖެ، ސްރީލަންކާ، އަދި ބަންގްލަދޭޝްއަށް އެ ބްރޭންޑުން ކަނަޑައަޅާފައި ހުންނަ މާކެޓިން މެނޭޖަރު ނަވްޒިޔާ ހުސެން އާއި، ރީފްސައިޑްގެ މާކެޓިން އެގްޒެކެޓިވް، ސޭލްސް އެންޑް މާކެޓިން ޢަބްދުﷲ ވަޙީދު އެވެ.

"ސްމާޓީ" އަކީ އަވިއަނު އުފެއްދުމުގައި ދިގު މުއްދަތެއް ހޭދަކޮށްފައިވާ ބްރޭންޑެ ކެވެ. ސްމާޓީ ބްރޭންޑްގެ ދެ ކަލަވޭރިއޭޝަން އެއްގެ 40 މޮޑެލްއެއްގެ ފެންވަރު ރަނގަޅު އަވިއައިނު ލިބެން ހުންނައިރު، އޭގެ ތެރޭގައި މެޓަލް، ޕްލާސްޓިކް އަދި ހާއްސަ ރަބަ މެޓީރިއަލް އެއް ބޭނުންކޮށްގެން ހަދާފައިވާ ދުނިގަނޑުތައް ހުރެއެވެ. އަދި އެ ބްރޭންޑްގެ ހުރިހާ އަވިއައިނުތަކަކީ ވެސް ހައި ކޮލިޓީ ޕޮލަރައިޒްޑް އަދި 400 ނެނޯމީޓާސް އަލްޓްރާ ވައިލެޓް ޕްރޮޓެކްޝަން ޔަގީން ކޮށްދޭ އުފެއްދުން ތަކެކެވެ.

ރީފްސައިޑުން ބުނީ، އެ ކުންފުނީގެ، އައނު ވިއްކާ ފިހާރަތަކުން މިއަދުން ފެށިގެން ސްމާޓީ ބްރޭންޑްގެ އަވިއައިނުގެ ތަފާތު މޮޑެލްތައް، ހޯލްސޭލްކޮށް އަދި ރީޓެއިންކޮށް ލިބެން ހުންނާނޭ ކަމަށެވެ. އަދި ސްމާޓީ ބްރޭންޑްގެ އަވިއައިނު ރާއްޖެ އެތެރެކޮށް ވިއްކުމަށް އެކުންފުނިން ބޭނުންވީ، މިހާރު ބާޒާރުގައި ލިބެން ހުންނަ ބައެއް އަވިއައިނު ތަކަކީ އޭގެ ސަބަބުން ބައެއްފަހަރު ލޮލަށް ގެއްލުން ލިބޭ ބާވަތްތަކަކަށް ވުމުން، ފެންވަރު ރަނގަޅު، އޮރިޖިނަލް ބްރޭންޑެޑް އަވިއައިނެއް ވީހާވެސް އަގުހެޔޮކޮށް ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށް ދިނުމުގެ މަގްސަދުގައި ކަމަށެވެ.

ކުޑަކުދިންނާއި، ދެ ޖިންސުގެ ބޮޑެތިމީހުންނާއި ކުޅިވަރު ކުޅޭ މީހުންނަށްވެސް ހާއްސަ ކޮށްގެން ރީފްސައިޑުން އެތެރެކޮށް ރާއްޖޭގެ ބާޒާރަށް މިއަދު ތައާރަފް ކުރި ސްމާޓީ ބްރޭންޑްގެ އަވި އައިނުގެ އަގުތައް ހުރީ 400 ރުފިޔާއާއި 775 ރުފިޔާއާ ދެމެދުގެ އަގުތަކެއްގަ އެވެ.