އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްޗް) މަސައްކަތްކުރަމުންދިޔަ ޑޮކްޓަރަކަށް މަރުގެ އިންޒާރުދީ ހަޑިހުތުރު ބަހުން މުޢާމަލާތްކުރި މީހެއްގެ މައްސަލައިގެ ތަޙުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން މިއަދު ބުނީ ޑޮކްޓަރަކަށް މަރުގެ އިންޒާރު ދިން މައްސަލައިގައި ދައުވާ ކޮށްދިނުމަށް ފޮނުވާފައި ވަނި މ. ނޮރަންމަ ހުސައިން މިޔާދު (33އ)ގެ މައްޗަށް ކަމަށެވެ. އެ މައްސަލަ ޕީޖީއަށް ފޮނުވާފައި ވަނީ މި މަހުގެ 11 ވަނަ ދުވަހު އެވެ.

ފުލުހުން ބުނީ ހުސެއިން މިއާދުއާ ގުޅޭ ގޮތުން ފުލުހުނަށް ހުށަހެޅި މައްސަލައަކީ މިދިޔަ އޭޕްރީލް 25 ވަނަ ދުވަހުގެ ހުސައިން މިޔާދު އައިޖީއެމް ހޮސްޕިޓަލު ތެރޭގައި އެ ހޮސްޕިޓަލުގައި މަސައްކަތްކުރަމުންދިޔަ ޑޮކްޓަރަކަށް މަރުގެ އިންޒާރުދީ ހަޑިހުތުރު ބަހުން މުޢާމަލާތްކުރިކަމަށް ބުނެ ހުށަހެޅުނު މައްސަލަ ކަމަށެވެ.