އެމްޓީސީސީން މެދު އުތުރު ޕޮރޮވިންސްގެ ރަށްތަކަށް ދެމުންދާ ފެރީ ހިދުމަތުގެ އަގު ބޮޑު ކުރުމަށް ނިންމާފައިވާކަން އިއުލާން ކުރުމަށް ފަހު މިހާރު ހުރި އަގުތައް ބަދަލު ނުކުރުމަށް މިއަދު ނިންމައިފި އެވެ.

އެމްޓީސީސީގެ ޓްރާންސްޕޯޓް އެކްޒެކެޓިވް އިސްމާއިލް ފާރިގު ސަން އަށް މިއަދު ވިދާޅުވީ މެދު އުތުރު ޕޮރޮވިންސްގެ ރަށްތަކަށް ދެމުންދާ ފެރީ ހިދުމަތުގެ އަގު ބޮޑު ކުރުމަށް ނިންމާފައިވާކަން އިއުލާން ކޮށްފައިވީ ނަމަވެސް އެ އަގުތަކަށް ބަދަލު ނުގެނައުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

އެމްޓީސީސީ އިން މި މަހުގެ 10 ވަނަ ދުވަހު ނެރިފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހުން ފެށިގެން މެދު އުތުރު ޕްރޮވިންސްގެ ފެރީގެ ޓިކެޓުގެ އަގު ބޮޑުކުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް ސަރުކާރުން ވަނީ އެ ނިންމުމަށް ބަދަލު ގެންނަވައިފަ އެވެ. އަދި ބުނެފައި ފެރީގެ އަގުތައް އަދި ބޮޑުކުރަން ނިންމައިފަ އެވެ.

ކުރިން އެމްޓީސީސީ އިން ބުނެފައި ވަނީ މާލެ އަތޮޅު ދިއްފުށި ސަރައްދާއި ކާށިދޫ ސައްރައްދާއި އަދި އއ. ތޮއްޑޫ ސަރައްދާއި އއ. ހިމެންދޫ ސަރައްދާއި އދ. މަންދޫ ސަރަހައްދުގެ އިތުރުން އދ. ފެންފުށި ސަރަހައްދާއި ވ. ރަކީދޫ ސަރައްދާއި އަދި ގުރައީދު ސައްރަދުގެ ފެޜީން މިހާރު 22 ރުފިޔާ ނަގަމުން ދިޔަ ނަމަވެސް އަންނަ މަހުން ފެށިގެން ނަގަން ނިންމާފައި ވަނީ 30 ރުފިޔާ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފަ އެވެ. ހަމަ އެހެންމެ އެ ސަރައްދުތަކާއި މާލެއާ ދެމެދު ދަތުރުކުރާ ފެރީގެ ޓިކެޓަށް މިހާރު ނަގަމުން އަންނަ 53 ރުފިޔާގެ ބަދަލުގައި ނެގުމަށް ނިންމާފައި ވަނީ 70 ރުފިޔާ ކަމަށް އެ ކުންފުނިން ނެރުނު އިއުލާންގައި ވަނީ ބުނެފަ އެވެ.