ގެސްޓް ހައުސެއްގެ ތެރޭގައި ފައިސާދީގެން ބަދުއަޚްލާގީ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ ތިން މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ދައުވާ ކުރުމަށް ފޮނުވާފައި ވަނީ ގ.ރެޑްޕާލް އަލީ ޔާމީން 26، އާއި މ.ދިއްގަރު ނިލަމެހި ހަސަން އަފީފް 25، އަދި މއ.ދޮންހުރާ ސާފިނާ ސައީދު 26، ގެ މައްޗަށް ކަމަށެވެ.

އެ ތިން މީހުންގެ މައްސަލަ ޕީޖީ އަށް ފޮނުވާފައި ވަނީ މިއަހަރުގެ މާޗް މަހުގެ 28 ވަނަ ދުވަހުގެ ރޭ 8:55 ހާއިރު މާލޭގައި ހުންނަ ގެސްޓްހައުސެއްގެ ތެރޭގައި ފައިސާދީގެން ބަދުއަޚްލާގީ އަމަލު ހިންގަމުން ދިޔަ މައްސަލައިގެ ތުހުމަތުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވާފައިވަނީ މި މަހުގެ 10 ވަނަ ދުވަހު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.