އެމްޓީސީސީން މެދު އުތުރު ޕޮރޮވިންސްގެ ރަށްތަކަށް ދެމުންދާ ފެރީ ހިދުމަތުގެ އަގު ބޮޑު ކުރުމަށް ނިންމައިފި އެވެ.

އެމްޓީސީސީ އިން މިއަދު ނެރިފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހުން ފެށިގެން މެދުއުތުރު ޕްރޮވިންސްގެ ފެރީގެ ޓިކެޓުގެ އަގު ބޮޑުކުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން މާލެ އަތޮޅު ދިއްފުށި ސަރައްދާއި ކާށިދޫ ސައްރައްދާއި އަދި އއ. ތޮއްޑޫ ސަރައްދާއި އއ. ހިމެންދޫ ސަރައްދާއި އދ. މަންދޫ ސަރަހައްދުގެ އިތުރުން އދ. ފެންފުށި ސަރަހައްދާއި ވ. ރަކީދޫ ސަރައްދާއި އަދި ގުރައީދު ސައްރަދުގެ ފެޜީން މިހާރު 22 ރުފިޔާ ނަގަމުން ދިޔަ ނަމަވެސް އަންނަ މަހުން ފެށިގެން ނަގަން ނިންމާފައި ވަނީ 30 ރުފިޔާ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފަ އެވެ.

ހަމަ އެހެންމެ އެ ސަރައްދުތަކާއި މާލެއާ ދެމެދު ދަތުރުކުރާ ފެރީގެ ޓިކެޓަށް މިހާރު ނަގަމުން އަންނަ 53 ރުފިޔާގެ ބަދަލުގައި ނެގުމަށް ނިންމާފައި ވަނީ 70 ރުފިޔާ ކަމަށް އެ ކުންފުނިން ނެރުނު އިއުލާންގައި ވަނީ ބުނެފަ އެވެ.