މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު ރ. ހުޅުދުއްފާރުން ކެނޯއެއްގައި ކަނޑުމައްޗަށް ނުކުމެ އުޅެނިކޮށް ގެންލުނު ތިން ކުދިނާބެހޭ ތަފުސީލު މައުލޫމާތުތަކާއި ފޮޓޯތައް "ސަން" މެގަޒިންގެ މި ފަހަރުގެ އަދަދުގައި ހިމަނައިފި އެވެ.(ސަން މެގަޒިން އާއި ސަން އޮންލައިންގައި މަސައްކަތްކުރަނީ އެއްބައެކެވެ)


ބުދަ ދުވަހު ހަވީރު ނުކުންނަ ސަން މެގަޒިންގެ ނުވަ ވަނަ ނަމްބަރުގައި ހުޅުދުއްފާރު ފަސާނާ، އަހުމަދު ޖުނައިދު 13، އާއި އޭނާގެ ކޮއްކޮ އިބްރާހިމް ޝާދިން 9، އާއި އެ ރަށު ވައިޓް ރޯސް އަލީ އަޝްރަފު 9، ގެ ފޮޓޯތައް ފުރަތަމަ ފަހަރަށް ޝާއިއު ކޮށްފައިވާއިރު ސަންގެ ނޫސްވެރިން ރ. ހުޅުދުއްފާރަށް ދަތުރުކޮށް، ތިން ކުދިންގެ އާއިލާގެ މެންބަރުންނާ ބައްދަލުކޮށް މުޅި ހާދިސާގެ މައްޗަށް ތައްޔާރުކޮށްފައިވާ ދެ ރިޕޯޓެއް "ހާއްސަ ރިޕޯޓް"ގެ ގޮތުގައި ހިމަނާފައި ވެއެވެ.


މީގެ އިތުރުން ސަންގެ މިފަހަރުގެ ކަވަސްޓޯރީއެއްގެ ގޮތުގައި ހާއްސަ ކޮށްފައި ވަނީ ހުޅުދުއްފާރުން ކަނޑުމައްޗަށް ގެއްލުނު ތިންކުދިންގެ ހާދިސާ އެވެ.