ގަލޮޅު ސިނަމާލޭ ފްލެޓް ގޯތިތެރެއިން މީހަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ ސިނަމާލެ ފްލެޓް ގޯތިތެރެއިން ތޫނުއެއްޗަކުން ހަމަލާދިނުމުން ޒަޚަމްވި 17 އަހަރުގެ ކުއްޖާ އަށް އައިޖީއެމްއެޗްގައި ފަރުވާދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މިރޭ 10:21 އެހައިކަންހާއިރު ކަމަށާއި މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ ދެ މީހެއްގެ ދެމެދުގައި ހިނގި މާރާމާރީއެއް ކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.

ތޫނުއެއްޗަކުން ހަމަލާދިނުމުން 17 އަހަރުގެ ކުއްޖާގެ ބޮލުގެ ވާއަތް ފަރާތުން ތިން ސެންޓިމީޓަރު ވަރުގެ ޒަޚަމްވެ، ވައަތު ފައިގެ ކަނކޫ ކައިރި އެއްސެންޓް މީޓަރު ވަރުގެ ޒަޚަމެއް ވެފައިވާ ކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.