22 Jun 2013, 12:03
އަންނަ މަހު ބަންގްލަދޭޝްގައި ބާއްވާ ފީބާ އޭޝިޔާ މުބާރާތުގެ 16 އަހަރުން ދަށުގެ ކޮލިފިކޭޝަން ބުރުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ބާސްކެޓް ޓީމުގެ ފައިނަލް ސްކޮޑް ބާސްކެޓްބޯލް އެސޯސިއޭޝަނުން އެކުލަވާލައިފި އެވެ.
ކޮލިފިކޭޝަން ބުރު އޮތީ ބަންގްލަދޭސްގެ ވެރިރަށް ޑާކާގައި އަންނަ މަހުގެ ތިނަކުން ފަހަކަށެވެ.
ބާސްކެޓްބޯލް އެސޯސިއޭޝަނުން ބުނީ މުބާރާތުގައި ވާދަކުރުމަށް އެކުލަވާލި ސްކޮޑްގައި ޖުމްލަ 12 ކުޅުންތެރިން ހިމެނޭ ކަމަށެވެ.
މުބާރާތުގައި ވާދަކުރާ ރާއްޖޭ ޓީމުގެ ހެޑް ކޯޗަކީ އަހްމަދު ފަޔާޒް އެވެ. އަދި ޓީމުގެ އެސިސްޓެންޓު ކޯޗަކީ ހުސެން ހާދީ (ހާޑީ) އެވެ.
ކޮލިފިކޭޝަން ބުރުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ގައުމަކަށް ސެޕްޓެމްބަރު މަހު އިރާންގެ ވެރިރަށް ތެހެރާންގައި އޮންނަ ތިން ވަނަ ފީބާ އޭޝިއާ 16 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުޞަތު ލިބޭނެ އެވެ.