ޓޫރިޒަމް މިނިސްޓަރަކަށް މަރިޔަމް ޒުލްފާ އަދި ޓްރާންސްޕޯޓް މިނިސްޓަރަކަށް އާދިލު ސަލީމު ހަމަޖައްސެވުމަށް ނިންމަވާފައިފިކަން ވަރަށް މުއުތަބަރުކޮށް ސަންއެފްއެމް އޮންލައިނަށް އެނގިޖެ އެވެ.  


ސަން އެފްއެމް އޮންލައިނަށް އެނިގިފައިވާ ގޮތުގައި އެކަން ވަނީ އެ ދެ ބޭޅުންނަށް ވެސް އަންގަވައިފަ އެވެ. ނަމަވެސް އެ ބޭފުޅުން ހުވާކުރައްވާ އިރެއް އަދި ޔަގީނެއް ނުވެ އެވެ.


އެކޮނިމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާދިލް ސަލީމް މިރޭ ވިދާޅުވީ ވަރަށް ގިނަ ބޭފުޅުން ގުޅުއްވައި "މަރުހަބާ ކިޔާ" ކަމަށެވެ. އިތުރު އެއްޗެއް އޭނާ ވިދާޅެއް ނުވި އެވެ.


މެރައިން ޓޫރިޒަމް އިން ޕީއެޗުޑީ ހާސިލު ކަރައްވާފައިވާ މ. ވައިނުޖެހޭގޭ މަރިޔަމް ޒުލްފާ މިވަތު ހުންނެވީ އޮސްޓްރޭލިއާގަ އެވެ.