02 Nov 2010, 11:05
ކ. މާފުށީ އޮފީހަށް ތަކެތި ބަލައި ގަތުމާއި ޚިދުމަތް ހޯދުމުގައި ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ޢަމަލު ކުރުމަށް އޭސީސީން އެ ރަށު އޮފީހަށް އަންގައިފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ބުނީ މާފުށީ ގަބުރުސްތާނުގެ އިންފާރު ރޭނުމުގައި ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ބުނެ އެ ކޮމިޝަނަށް ހުސަހެޅި މައްސަލަ ބެލިބެލުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ކަންތައްތައް ފުރިހަމަ ކޮށްފައިވާ ކަން އެނގެން ނެތް ކަމަށެވެ. އަދި މާފުށީ ގަބުރުސްތާނުގެ ވަށާފާރު ރާނާ ސިމެންތި ޖެހުމާއި ބިން ސާފުކުރުމުގެ މަސައްކަތުގެ އެއްބަސްވުމެއް އެކުލަވާލާފައިނުވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.
އޭސީސީ އިން ބުނީ އެކަން ފާހަގަ ކުރެވިފައި ވާތީ އެ އޮފީހަށް ތަކެތި ބަލައި ގަތުމާއި ޚިދުމަތް ހޯދުމުގައި ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ޢަމަލު ކުރުމަށް ސެޕްޓެމްބަރު މަހުގެ 30 ގައި އަންގާފައިވާނެ ކަމަށެވެ.