މިނިސްޓަރު އޮފް ސްޓޭޓް ފޮ ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ މަގާމަށް ހއ. އުތީމު ފެންފިޔާޒުގޭ ޢަބްދުއްރަޙީމް ޙަސަން މިއަދު ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވައިފި އެވެ. ޢަބްދުއްރަޙީމް ޙަސަން މިހާތަނަށް ހުންނެވީ، މިނިސްޓަރު އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާގެ ނައިބުގެ މަގާމުގަ އެވެ.

އަބްދުއްރަހީމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ޕޮލިޓިކަލް އެޑްވައިޒަރު ޑރ. ހަސަން ސައީދު ލީޑް ކުރައްވާ ގައުމީ ޕާޓީގެ ކައުންސިލް މެންބަރެކެވެ.