އޭއެފްސީ ކަޕްގެ ކުއާޓާ ފައިނަލްގައި ރާއްޖޭގެ ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބާއި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން، ކްވެއިތު ސްޕޯޓްސް ކުލަބް ވާދަކުރަން ޖެހޭ ގޮތަށް މިއަދު ކުއާލަ ލަމްޕޫރުގައި ނެގި އޭއެފްސީ ކަޕް 2013ގެ ނޮކްއައުޓް ސްޓޭޖްގެ ގުރުއަތުން ލައްވާލައިފި އެވެ.

ސެޕްޓެމްބަރު މަހު 17 ވަނަ ދުވަހު ފުރަތަމަ ލެގް މާލޭގައި ކުޅުމަށް ހަމަޖެހިފައިވާއިރު، ކުވޭތުގައި ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ ލެގްގެ ކުޅުން އޮންނާނީ 24 ސެޕްޓެމްބަރުގަ އެވެ.

ނިއުއަށް ކުއާޓާ ފައިނަލް ކާމިޔާބު ކުރެވިއްޖެ ނަމަ އޮކްޓޫބަރު 1 އަދި 22 ގައި ކުޅުމަށް ހަމަޖެހިފައިވާ ސެމީ ފައިނަލްގައި ނިއު ވާދަ ކުރަން ޖެހޭނީ އިންޑިޔާގެ އީސްޓް ބެންގާލް ނުވަތަ އިންޑޮނީޝިޔާގެ ސެމެން ޕަޑާން އެފްސީއާ އެވެ.