ރީތިރަށް ރިސޯޓުގައި މަސައްކަތް ކުރާ 20 އަހަރުގެ ޒުވާނަކު ކްލޯރިން ފަދަ އެއްޗެއް ބޮއިގެން މަރުވެއްޖެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ޑޮކްޓަރުންނާ ހަވާލާދީ މިއަދު ސަން އަށް ވިދާޅުވީ ޕޫލް ސާފުކުރާ ޒާތުގެ ކްލޯރިންއެއް ބޮއިގެން ރޭ 20 އަހަރުގެ ޒުވާނަކު ރީތި ރަށުން އިންދިރާގާނދީ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އެ ޒުވާނާ މިއަދު މެންދުރު މަރުވެފައިވާ ކަމަށެވެ. ނަމަވެސް އެ ކުއްޖާގެ ވަނަވަރެއް ފުލުހުން ނުދެ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ ހާދިސާގައި ނިޔާވެފައި ވަނީ ފުވައްމުލަކު ހިރިޔާ، އަހުމަދު މަޝްރޫރު އެވެ.