އުދަރެސް އޮންލައިންގެ ނަމުގައި އޮންލައިން ނޫހެއް އިފްތިތާހުކޮށްފި އެވެ.

މިއަދު ޝީ ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި އިފްތިތާހު ކުރި އުދަރެސް އޮންލައިން ޑޮޓްއެމްވީއަކީ ހުރިހާ ވައްތަރެއްގެ ހަބަރަކާއި މައުލޫމާތުތައް ހިމެނޭ ގޮތަށް ޑިޒައިން ކޮށްފައިވާ ވެބްސައިޓެއް ކަމަށް އެކަމުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު ރަފީއު (ރިވަރިން) ވިދާޅުވި އެވެ.

ކުރިން ދިއެއްފެމްގެ ނިއުސް ހެޑަކަށް އަދި ރާއްޖެ ޓީވީގެ ޑިރެކްޓަރަކަށް ވެސް އުޅުއްވި ރިވަރިން ވިދާޅުވީ އުދަރެސް އޮންލައިންއަކީ އޭނާގެ އަމިއްލަ އަށް ހިންގަވާ ނޫހެއް ކަމަށެވެ.