19 Jun 2013, 15:15
ކަނޑުމަގުން ފުވައްމުލަކަށް މަސްތުވާތަކެތި ގެންދިޔަ ކަމަށް ތުހުމަތު ކުރެވޭ ތިން މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
ފުލުހުން ބުނީ ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ ސ.ހިތަދޫ އަޝްރަފްމަންޒިލް ވަހީދާ ސަލީމް 47، އާއި ބ.ގޮއިދޫ ނޫވިލު ޝީޒާ އަބްދުއްސައްތާރު 33، އަދި ފުވައްމުލައް، ދިގުވާޑު، އަލްމަސްގޭ އަލީ އިމްރާން 27، ގެ މައްޗަށް ކަމަށެވެ.
އެ ތިން މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ 2011 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ރޭ 8:23 އެހައިކަންހާއިރު ޏ.ފުވައްމުލަކަށް ދިޔަ ބޯޓަކުން އެރަށަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ މީހުން ހައްޔަރުކޮށް އެމީހުން ބަލައި ފާސްކުރި އިރު އެމީހުންގެ އަތުން ފެނުނު ޕެކެޓްތަކުގެ ތެރެއިން ދެ ގްރާމަށް ވުރެ ގިނަ މަސްތުވާތަކެތިކަމަށް ބެލެވޭ ކުނޑިތަކެއް ފެނިފައިވާތީ ކަމަށް ފުލުހުން ބުންޏެވެ.