ޖީއެމްއާރް ކުންފުންޏާއި މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑް (ޖީއެމްއައިއޭއެލް) އިން ހުށަހަޅާފައިވާ އެއާޕޯޓް ތަރައްގީ ކުރުމާ ބެހޭ ޑްރާފްޓް މާސްޓާ ޕްލޭނާ ބެހޭ ގޮތުން ސަރުކާރުން ޖީއެމްއާރާ އެކު މަޝްވަރާތައް ބާއްވައިފި އެވެ.


ޑީޕާޓްމަންޓް އޮފް ނޭޝަނަލް ކައުންސިލުން އިއްޔެ ބުނީ ސަރުކާރާއި ޖިމްއެމްއާރް ކޮންސޯޓިއަމް އެއާޕޯޓްސް ކޮމްޕެނީއާ ދެމެދު ސޮއިކޮށްފައިވާ އެގްރިމެންޓްގެ ދަށުން ހުށަހަޅާފައިވާ މާސްޓާ ޕްލޭންގައި ހިމެނޭ ކަންކަމާ މެދު  މަޝްވަރާކޮށް އަންނަ އަހަރުގެ އޭޕްރީލަށް ފުރިހަމަ މާސްޓާ ޕްލޭނެއް ހުށަހަޅަން ހަމަޖައްސާފައިވާ ކަމަށެވެ.


މީގެ އިތުރުން މި މަޝްވަރާތަކުގައި އެއާޕޯޓް ތަރައްގީ ކުރުމުގައި ކަރަންޓް ބޭނުން ކުރާ މިންވަރު މަދު ކުރުމަށާއި ހުޅުލެ އާއި ހުޅުމާލެއާ ދެމެދު ގުޅިފައިވާ ސަރަހައްދު އާންމުންނަށް ބޭނުން ކުރެވޭ ގޮތަށް ބޭއްވުމުގެ މައްޗަށް ވެސް ވަނީ ދެ ފަރާތުން ވާހަކަ ދައްކައިފަ އެވެ.


ސަރުކާރުން މާލޭ އިންޓަނޭޝަނަލް އެއާޕޯޓް 25 އަހަރަށް ޖީއެމްއާރަށް ކުއްޔަށް ދެނީ 2012 ވަނަ އަހަރުން ފެށިގެން އެއާޕޯޓުން ފުރާ ކޮންމެ މީހެއްގެ އަތުން 25 ޑޮލަރު ނަގާ ގޮތަށެވެ.