19 Jun 2013, 12:55
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ޕީޕީއެމްގެ ސްޕޯކްސް ޕާސަންކަމުގެ މަގާމުން އިސްތިއުފާދެއްވައިފި އެވެ.
މަހުލޫފް އިސްތިއުފާ ދެއްވިކަން އޭނާ ވަނީ އެސްއެމްއެސް އަކުން ސަން އަށް ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އޭނާ ފޯނު ނުނަންގަވާތީ އިސްތިއުފާދެއްވި ސަބަބު ވަނީ ސާފްވާގޮތް ނުވެފަ އެވެ.
ޕީޕީއެމްގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ މަހުލޫފް އިސްތިއުފާ ދެއްވިކަން އެ ޕާޓީ އަށް ރަސްމީކޮށް އަދި އަންގާފަވާކަމުގެ މައުލޫމާތެއް ލިބިފައިނުވާ ކަމަށާއި ނަމަވެސް އެ ޕާޓީގެ އޮފީހަށް ވެސް އޭނާ އެސްއެމްއެސް އަކުން އިސްތިއުފާދެއްވިކަން އަންގާފައިވާ ކަމަށެވެ.
މަހުލޫފް ޕީޕީއެމްގެ ސްޕޯކް ޕާސަން ކަމުން އިސްތިއުފާދެއްވާފައިވާއިރު އޭނާއަކީ ޕީޕީއެމްގެ ސިޔާސީ ހަރަކާތްތަކުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވަމުންދާ ބޭފުޅެކެވެ.