އދ. މާމިގިލީ ވިލާ އިންޓަނޭޝަނަލް އެއާޕޯޓްގައި ދުއްވާ ޖިޕެއް ފުރޮޅާލައި ޑްރައިވަރަށް އަނިޔާވެއްޖެ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ޖީޕް ދުއްވަން އިނީ އެއާކްރާފްޓް އިންޖީނިއަރެކެވެ. ޖިޕް ފުރޮޅާލުމުގެ ތެރޭގައި އޭނާގެ އަތަށް ވަނީ ހިސާބަކަށް އަނިޔާވެފަ އެވެ. އަދި ޖިޕްގެ ވިންޑްސްކްރީން ވަނީ ތަޅައިގެން ގޮސްފަ އެވެ.

ފުލުހުން ބުނީ އެ ހާދިސާގައި އަނިޔާވެފައި ވަނީ ވެހިކަލް ދުއްވަން އިން މީހާއަށް އެކަނި ކަމަށެވެ. އަދި އޭނާ އަށް މާބޮޑު އަނިޔާއެއްވެފައިނުވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. އަދި އޭނާ އަށް ފަރުވާ ދިނުމަށް މާލެ ގެނެސްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ ޖީޕް ފުރޮޅާލަން ދިމާވީ އޭނާ ޖީޕް އަނބުރާލަން އުޅުމުގެ ތެރޭގައި ކަމަށެވެ.