އުމީ ޕާޓީގެ ޒުވާނުން ގޮފީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރުގެ ނާއިބު މުހަންމަދު މަލީހު ޖަމާލާއި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ގައުމީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ އަމީންއާ ދެ ބޭފުޅުން ހުންނެވި މަގާމުން ވަކިކުރައްވައިފި އެވެ.

އެ ދެ ބޭފުޅުން މަގާމުން ވަކިކުރެއްވިކަން ދެ ބޭފުޅުން ވެސް ވަނީ ސަން އަށް ކަށަވަރުކޮށްދީފަ އެވެ.

މަލީހު މިއަދު "ސަން" އަށް ވިދާޅުވީ ދާދި ދެންމެ އަކު ރައީސް އޮފީހުން ގުޅުމަށް ފަހު އެބޭފުޅާ ހުންނެވި މަގާމުން ވަކިކުރެއްވިކަން އަންގާފައިވާ ކަމަށެވެ. އަދި ވަޒީފާގެ ބިރުދައްކައިގެން މިއަދު ޒުވާނުންގެ ވިސްނުން ބަދަލުނުވާނެ ކަމަށާއި ގައުމަށް ހިދުމަތްކުރުމަށް ޕީޕީއެމްއާ އެކު ދެމިހުންނާނެ ކަމަށެވެ.

އަމީން މިއަދު "ސަން" އަށް ވިދާޅުވީ "ދާދި ދެންމެ އަކު ރައީސް އޮފީހުން ގުޅުމަށް ފަހު އަންގާފަ ވަނީ ވަޒިފާ އިން ވަކިކުރިކަން"

އެ ދެ ބޭފުޅުން ސަރުކާރުގެ މަގާމުން ވަކި ކުރެއްވި އިރު އެ ދެ ބޭފުޅުން މިހާރު ނިންމާފައި ވަނީ ގައުމީ ޕާޓީ އިން ވަކިވެ ޕީޕީއެމްއާ ގުޅުމަށެވެ. އަދި އެ ދެ ބޭފުޅުން މަގާމުން ވަކިކުރުމަށް ގައުމީ ޕާޓީ އިން ރައީސް ޖުމްހޫރިއްޔާ އަށް ސިޓީ ފޮނުވާފައި ވަނީ ގައުމީ ޕާޓީ އިން ރައީސް ޑރ. ވަހީދާ އެކު ކޯލިޝަން ހަދައިގެން މިފަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ނިންމި ނިމުމަށް އެ ދެ ބޭފުޅުން ދެކޮޅު ހެއްދެވުމުގެ ސަބަބުންނެވެ.

ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ އެ ދެ ބޭފުޅުން މަގާމުން ވަކިކުރެއްވީ އެ ބޭފުޅުން ތަމްސީލުކުރައްވާ ޕާޓީން އެގޮތަށް އެދިވަޑައިގަތުމުން ކަމަށެވެ.

ޑރ. ހަސަން ސައީދު މީގެ ކުރިން ވިދާޅުވެފައި ވަނީ އެ ދެ ބޭފުޅުންގެ ބަދަލުގައި ދެ ބޭފުޅަކު އެ ދެ މަގާމަށް ހަމަޖެއްސުމަށް ދަންނަވާފައިވާ ކަމަށެވެ. އެ ގޮތުން އެކޮނަމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހަމަޖެއްސުމަށް ދަންނަވާފައި ވާނީ އޮސްޓްރޭލިއާ އިން ބިޒްނަސް ދާއިރާ އިން މާސްޓާސް ހާސިލު ކުރައްވާފައިވާ، ޕްރައިވެޓޭޝަން ބޯޑުގެ ސިވިލްސާވިސް ހެޑް، އަހުމަދު ސިރާޖު ކަމަށެވެ. އަދި ޓޫރިޒަމް މިނިސްޓްރީގެ ނާއިބަކަށް ލެއްވުމަށް ދަންނަވާފައި ވާނީ އިނގިރޭސި ވިލާތުން ޑިގްރީ ހާސިލު ކުރައްވާފައިވާ، ގައުމީ ޔުނިވަސިޓީގެ ލެކްޗާ އަނިލް އާދަމް ކަމަށެވެ.