19 Jun 2013, 10:43
އަންނަ އަހަރު ބްރެޒިލްގައި ކުޅުމަށް ހަމަޖެހިފައިވާ ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތަށް، އީރާނާއި އޮސްޓްރޭލިޔާ އަދި ދެކުނު ކޮރެއާ ކޮލިފައި ވެއްޖެ އެވެ.
ސައުތު ކޮރެއާ އަތުން 1-0 ލަނޑުން މޮޅުވެ ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި އީރާން ކޮލިފައިވީ އިރު އެމެޗުން ބަލިވި ނަމަވެސް ސައުތު ކޮރެއާއަށް ގްރޫޕްގެ ދެވަނަ ލިބެނީ އުޒުބެކިސްތާނާ ޕޮއިންޓުގެ ގޮތުން އެއްވަރުވީ ނަމަވެސް ފައިދާ ގޯލް ގިންވުމުގެ ސަބަބުންނެވެ.
އޮސްޓްރޭލިޔާ، ޖެހިޖެހިގެން ތިންވަނަ ފަހަރަށް ވޯލްޑް ކަޕުން ޖާގައެއް ހޯދާފައި މިވަނީ، ކޮލިފައިން ގުރޫޕްގައި އިއްޔެ ސިޑްނީގައި އިރާގު އަތުން 1-0 އިން މޮޅުވެ، ޖަޕާނު ފަހަތުން ގްރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ.
ގަތަރު އަތުން 5-1 ލަނޑުން މޮޅުވިނަމަވެސް އުޒުބެކިސްތާނަށް ގްރޫޕްގެ ދެވަނަ ގެއްލުނީ، ފައިދާ އެންމެ ލަނޑެއްގެ ތަފާތުންނެވެ. އެހެން ކަމުން މިހާރު ދެން އެ ގައުމަށް ވޯލްޑްކަޕަށް ކޮލިފައިވުމަށް އޮތް ފުރުސަތަކީ އަންނަ ސެޕްޓެމްބަރު މަހު ގަތަރާ އެކު ކުޅޭ ޕްލޭއޮފް ކާމިޔާބުކޮށް، ނޮވެމްބަރު މަހު ދެކުނު އެމެރިކާގެ ކޮލިފައިން ގްރޫޕްގެ ފަސްވަނައަށް އަންނަ ޓީމެއް ބަލި ކުރުމެވެ.
ވޯލްޑްކަޕަށް މިހާރު ކޮލިފައި ވެފައިވާ ގައުމު ތަކަކީ، މުބާރާތް ބާއްވާ ބްރެޒިލާއި، ޖަޕާން، އީރާން، އޮސްޓްރޭލިޔާ އަދި، ސައުތު ކޮރެއާ އެވެ.