18 Jun 2013, 17:33
ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފަރާތުން އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ޔުނިވާސިޓީގެ ކެމްޕަހުގައި އިމާރާތް ކުރާ ތިން ބުރީގެ ކްލާސް ރޫމް ތަރައްގީ ކުރުމަށްޓަކައި ސުވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާ އެކު 9760،000ރ. އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ގައުމީ ޔުނިވާސިޓީގެ ސެމިނާ ރޫމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޔުނިވާސިޓީގެ ފަރާތުން ކޮންޓްރެކްޓްގައި ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. ހަސަން ހަމީދު އެވެ. ސުވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއެއްބަސް ވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސައުދުﷲ ހިލްމީ އެވެ.
ކޮންޓްރެކްޓްގައި ސޮއިކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ހަސަން ހަމީދު ވިދާޅުވީ މީގެ ކުޑަ ދުވަސްކޮޅެއް ކުރީން ގދ. ގައި ހުންނަ ޔުނިވާސިޓީގެ ކެމްޕަހުގައި ވެސް އެފަދަ އިމާރާތެއް އެޅުމަށް އެހެން ކޮންޓްރެކްޓަރަކާއި އެކު ސޮއިކޮށްފަ އެވެ. އޭނާ ވިދާޅުވީ އަތޮޅު ތަކުގެ ކެމްޕަސްތައް ހިންގަން ބަލާއިރު އެންމެ ބޮޑު ދަތިކަމެއް ކުރިމަތިވަނީ ކްލާސް ރޫމްގެ ދަތިކަމާއި، އެހެނިހެން ބޭނުންވާ ވަސީލަތްތަކުގެ ދަތިކަން ކަމަށާއި، އެެހެން ކަމުން އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ޔުނިވާސިޓީގެ ފަރާތުން އިސްނަގައިގެން ވަރަށް ގިނަ މަޝްރޫއު ތަކެއް މި އަހަރު ހިންގަން ނިންމާފައިވާކަމަށް ވެސް ހަމީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހިންގަން ބޭނުންވާ އެތައް ގިނަ ކޯސް ތަކެއް ލަސްވަމުން މި ދަނީ ކްލާސް ރޫމްގެ ދަތިކަަމާއި، އަދި އެހެނިހެން ބޭނުންވާ ވަސީލަތް ތަކުގެ ދަތިކަމުން. އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ބަލާއިރު އެންމެ ބޮޑު ދަތިކަމެއް މި ކުރިމަތިވަނީ ކްލާސް ރޫމުގެ ދަތިކަމާއި، ބޭނުންވާވާ ވަސީލަތް ތަކުގެ ދަތިކަން. އެހެން ކަމުން އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ޔުނިވާސިޓީގެ ފަރާތުން އިސްނަގައިގެން ހިންގާ ވަރަށް ގިނަ މަޝްރޫއު ތަކެއް އެބަހުރި،" ހަމީދު ވިދާޅުިވި އެވެ.
މިއަހަރު އެ ޔުނިވަރސިޓީން އިސްނަގައިގެން ކުރިއަށް ހިންގަން ރާވާފައިވާ ވަރަށް ގިނަ ހަރަކާތްތައް އެބަ ހުރި ކަމަށް ވިދާޅުވެ ހަމީދު ވިދާޅުވީ އޭގެ ތެރެއިން ދެވަނަ މަޝަރޫއު ތަކައް އަމަލީ ސިފަ އަންނަމުންދާ ތަން މިހާރު ފެންނަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ މި ފަހަރު ހިންގާ އަމަލީ ސިފައިގެ ތެރޭގައި ތިންބުރީގެ ކްލާސް ރޫމް ބޮލޮކެއް ކަމަށާއި އެ ތަނުގެ ތެރޭގައި ސައިންސް ލެބަކާއި، ލެބޯޓްރީއެއް ގާއިމް ކުރެވިގެންދާނެ ކަމަށެވެ.
"މިތަން މުޅީން ނިމި ބޭނުން ކުރާން ފެށުމުން އައްޑު އަތޮޅު ހިތަދޫގައި ދިމާވެފައި އޮތް ކްލާސް ރޫމްގެ ދަތިކަން ކޮންމެވެސް ވަރަކަށް ހައްލެއް ލިބިގެން ދާނެ،" ހަމީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އައްޑޫ އަތޮޅުގައި މި ވަގުތު ކްލާސް ރޫމްތައް ހިންގަމުން ދަނީ އެޑިއުކޭޝަންގެ އެހީތެރިކަމާއި އެކު ޔުނިވާސިޓީގެ ބޭރުގައި މޭޒާއި ގޮނޑި ބަހައްޓައިގެން ކަމަށެވެ. އަދި ވިދާޅުވީ އެ ޕްރޮޖެކްޓް ޑިޑްކޮށްގެން ޓެންޑާބޯޑުން ކާމިޔާބު ކުރައްވާފައި ވަނީ ބީއޭޕީސީ ޓްރެއިޑިން ޕްރައިވެޓް ލިމިޓެޑުން ކަމަށެވެ. އަދި އެ ބޭފުޅުންނަކީ މީގެ ކުރީންވެސް އެ ޔުނިވާސިޓީއާ އެކި އައްޑޫ އަތޮޅު ހިތަދޫގައިވެސް ވަރަށް ރަނގަޅު މަސައްކަތް ތަކެއް ކުރައްވާފައިވާ ފަރާތެއް ކަމަށާއި އެގޮތުން އެ ރަށުގައި ކުރިން އަލާފައިވާ ސްތާފް ކްއާޓާވެސް އަލާފައިވަނީ އެ ކުންފުނިން ކަމަށްވެސް ހަމީދު ވިދާޅުވި އެވެ.