ބިދޭސީ އަންހެނަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއްގައި ދެ މީހެއްގެ މައްސަލަ ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން ބުނީ މި މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވާފައިވަނީ ބަންގްލަދޭޝްގެ ދެ ރައްޔިތުން ކަމަށްވާ މުހައްމަދު ސާލިމް 43، އަދި އެމް.ޑީ ސާގަރު 27، ގެ މައްޗަށް ކަަމަށެވެ.

އެ ދެމީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އަށް ފޮނުވާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 12 ވަނަ ދުވަހުގެ ވަގުތެއްގައި މަގުމަތި ޕެޓްރޯލްކުރަމުން ދިޔަ ފުލުހުންނާ ބައްދަލުކޮށް އެ އަންހެން މީހާ ދެ މީހަކު ވެގެން އޭނާ ރާއްޖެ ގެނެސް ގެއެއްގައި ބަންދުކޮށްގެން ބަހައްޓައި އޭނާއަށް އެކި ފަހަރުމަތިން ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ.