18 Jun 2013, 15:16
މިދިޔަ މޭމަހު ބުރުޒުމަގުގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެެންޓެއްގައި ސީރިއަސް ޒަހަމްތަކެއް ލިބިގެން، ސްރީލަންކާގައި ފަރުވާދެމުންދަނިކޮށް މަރުވި ޒުވާން އަންހެން ކުއްޖާގެ މަރުގެ މައްސަލާގައި އެތަނުން އެއް ސައިކަލްގައި އިން މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފި އެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ފޮނުވާފައި ވަނީ ޅ. ނައިފަރު، ރޭދުވާގެ، އަހުމަދު ގައްސާމް،27،ގެ މައްޗަށް ކަމަށެވެ. އަދި އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ހުށަހަޅައިފައި ވަނީ އަހުމަދު ގައްސާމް ދުއްވި ސައިކަލުން ޖެހިގެން އެ އެކްސިޑެންޓްގައި ހިމެނޭ ދެވަނަ ސައިކަލްގެ ފަހަތުގައި އިން ގދ. ތިނަދޫ، ސަންރޭ، އާއިޝަތު އަންވަރު، 27، މަރުވެފައިވާ މައްސަލައާ ގުޅިގެންނެވެ.
އެ އެކްސިޑެންޓް ހިނގީ މިދިޔަ މަހުގެ 5 ވަނަ ދުވަހުގެ ރޭ 12:00 ޖެހިއިރު އޭނާ ޑިއުޓީ ނިންމާފައި އޭނާގެ ފިރިމީހާއާ އެކު ބުރުޒުމަގުން ސައިކަލުގައި ދަނިކޮށް، ކުރީގެ މާލޭ މެޑިކަލް ހިސާބުން ބުރުޒުމަގަށް ނުކުތް ސައިކަލެއް އެ ދެމަފިރިން ދުއްވި ސައިކަލުގައި ޖެހި އަންހެން ކުއްޖާ ވިއްސައިގެންގޮހެވެ.
އަންހެން ކުއްޖާ ލަންކާ އަށް ގެންދިޔަ އިރު ވެސް މާބޮޑަށް ލަސްވެފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ. އޭނާ މަރުވީ ލަންކާ އަށް ގެންގޮސް ބޮލުގެ އޮޕަރޭޝަނެއް ވެސް ކުރިފަހުންނެވެ. އަދި އާއިލާއިން ވަނީ އަންހެން ކުއްޖާ ރާއްޖެއިން ބޭރަށް ފޮނުވާލުމުގެ ކުރިން އައިޖީއެމްއެޗުން އޭނާ އަށް އެކަށީގެންވާ ފަރުވާ ދީފައިނުވާ ކަމަށް ބުނެފަ އެވެ.