02 Nov 2010, 05:44
އަހަރަކު ތެލަސީމިޔާގެ 10 ކުއަޖަކު ބޯންމެރޯ ހެދުމުގެ އެއްބަސްވުމެއްގައި އިޓީލިން ދިވެހި ސަރުކާރާ އެކު އެއްބަސްވެއްޖެ އެވެ.
މޯލްޑިވްސް ހެލްތު ކޯޕަރޭޝަނުން ބުނީ ރާއްޖޭގެ ތެލެސީމިޔާ ކުދިން ބޯން މެރޯޓްރާންސްޕާލާންޓް
ހެދުމުގެ މި އެއްބަސްވުމުގެ ދަށުން ކޮންމެ އަހަރަކު ރާއްޖޭގެ 10 ކުއްޖަކަށް ބޯންމެރޯގެ ހިދުމަތް ދޭން ހަމަޖެހިފައިވާ ކަމަށާއ މި އެއްބަސްވުމުގެ ދަށުން މި އަހަރު ވެސް ހަތަރު ކުއްޖަކަށް ބޯންމެރޯ ހެދުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ.
އަދި ބުނީ ބޯންމެރޯ ހެދުމަށް ކުދިން ހޮވުމަށް އަށް ކުއްޖެއްގެ ޓެސްޓްތަކުގެ ރިޕޯޓާއި ސްކޭންތައް އިޓަލީއަށް ފޮނުވާފައިވާއިރު މިއަހަރު ބޯންމެރޯ ހަދާ ފުރަތަމަ ކުއްޖާ މިދިޔަ މަހުގެ 26 ވަނަ ދުވަހު އިޓަލީއަށް ގޮސްފައިވ ކަމަށެވެ.
ހެލްތު ކޯޕަރޭޝަނުން ބުނީ އާ އެއްބަސްވުމުގެ ދަށުން އަންނަ އަހަރު އިޓަލީއަށް ފޮނުވާ 10 ކުދިން ހޮވުމަށް ވަރަށް އަވަހަށް ޓެސްޓްތައް ހަދާނެ ކަމަށާއި އެކުދިންގެ ހުރިހާ ހަރަދެއް ކުރާނީ އިޓަލީ ސަރުކާރުން ކަމަށެވެ.