ކ. ވާދޫ އައިލެންޑް ރިސޯޓް ކައިރިއަށް މިއަދު ސްނޯކްލިން އަށް ގޮސް އުޅެނިކޮށް ގެއްލުނު ދިވެހި މީހާ ހޯދަމުން ދަނިކޮށް ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ 29 އަހަރުގެ ދިވެހި ޒުވާނަކު ސްނޯކްލިން އަށް ގޮސް އުޅެނިކޮށް ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ހެނދުނު 10:40 އެހާކަންހާއިރު ކަމަށާއި ނަމަވެސް 11:55 އެހާކަންހާ އިރު އެމީހާ ފެނުނީ ފަތާފައި ގޮސް އެނބޫދޫ ފަރުމަތީގައި ހުއްޓައި ކަމަށެވެ. އަދި މިހާރު ފުލުހުންގެ ލޯންޗެއްގައި އެމީހާ މާލެ ގެނެސްފައިވާ ކަމަށާއި އެމީހާގެ ހާލު ރަނގަޅު ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެމީހާ ސްނޯކްލިން އަށް ދިޔައީ މާލެ އިން އިތުރު ބަޔަކާ އެކުގައި ކަމަށް މިހާތަނަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވެއްޖެ އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ވިދާޅުވީ ގެއްލިގެން ހޯދަމުން ގެންދިޔަ ދިވެހި ޒުވާނާ ފެނިފައި ވަނީ އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.