02 Nov 2010, 05:44
އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި ހުރި މީހަކު ސައިކަލެއް ވަގަށް ނެގި ކަމަށް ބުނާ މައްސަލައެއްގައި ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން ބުނީ ޖަލު ހުކުމުގައި ހުރެގެން ސައިކަލެއް ވަގަށް ނެގި ކަމަށް ބުނެ ފުލުހުން ގ. ދެބްދާރުގެ އަލީ އަމްދާން ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރު ކުރުމަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅޭ ތަފުސީލުތައް ކްރިމިނަލް ކޯޓުން ދީފައެއް ނުވެ އެވެ.
އަލީ އަމްދާން އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށް ސާބިތުވެގެނެވެ. އޭނާގެ މައްޗަށް ހުކުމްކުރީ ނޮވެމްބަރު 15، 2006 ގައެވެ.