މ. މުލީގައި ބިދޭސީއެއްގެ ބޮލަށް ހަމަލާދީ ޒަޚަމްކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިރޭ 8:25 އެހައިކަންހާއިރު ހިނގި އެ ހާދިސާގައި އަނިޔާލިބިފައި ވަނީ ބަނގުލަދޭޝްގެ މީހަކަށް ކަމަށެވެ.

އެމީހާއަށް މިހާރު މުލީ ރީޖިނަލް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށާއި އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ބިދޭސީ މީހާއަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ތިން މީހުންގެ ތެރެއިން އެކަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށާއި އަނެއް ދެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށް ވެސް މިޑިއާ އޮފިޝަލް ވިދާޅުވި އެވެ.